ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 57 އަށް ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން 22 މީހުންނާއި އަތޮޅުތަކުން 34 މީހުން އަދި ރިސޯޓްތަކުން މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 84،866 އެވެ.
މިބައްޔަށް ރާއްޖެއިން މިވަގުތު ފަރުވާ ހޯދަމުންދަނީ 1،548 މީހުން ނެވެ. މީގެތެރެއިން 24 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވަނީ 2،940 މީހަކު ޓެސްޓުކޮށްފަ އެވެ.
މިބަލީގައި މިހާތަނަށް 231 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް