ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ބަންގްލަދޭޝްގެ ފެށުން ރަނގަޅުކޮށްފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ސްރީލަންކާއާ ވާދަކޮށް 0-1 ލަނޑުން ނެވެ.
މި މެޗުގައި ބަންގްލަދޭޝް ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، މެޗުގެ ހަމައެކަނި ލަނޑު 56 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޓޮޕޫ ބަރމަން އެވެ.
އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރަސްމީކޮށް ހުޅުވުން އޮންނާނީ މިރެ އެވެ.
މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލް އާދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް