އޮސްޓްރިއާގެ ގައުމީ އެއަރލައިން ގެ ސީދާ ދަތުރުތައް ރާއްޖެއަށް މި މަހު ފަށާނެ ކަމަށް އެ އެއަރލައިނުން ބުނެފި އެވެ.
އެ އެއަރ ލައިނުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް އޮސްޓްރިއަންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ހަފުތާއަކު ތިން ދުވަހު ފްލައިޓު ބާއްވަން ވަނީ ނިންމާފަ އެވެ.
މި ދަތުރުތަކުގައި ބޮއިންގ 777 މަރުކާގެ މަތިންދާ ބޯޓުތައް ބޭނުންކުރާ އިރު، އިކޮނޮމީ ކުލާހުން ފެށިގެން ބިޒްނަސް ކުލާހާ ހަމައަށް ސީޓް ހުންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ފިނި މޫސުމާއިދިމާކޮށް މޮރިޝަސް އާއި މެކްސިކޯގެ ކަންކުން އަށްވެސް އެ އެއަރލައިންގެ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް