ފެންވަރަން ހުރި އަންހެނެއްގެ ވީޑިޔޯ ކުރި މީހަކު ފުލުހުން އަތުލައިގަނެފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ ފެންވަރަން ހުރީ މާލޭގެ މައްޗަންގޮޅީ ގެއެއްގަ އެވެ.
މިހާދިސާ ހިނގާފައިވަނީ ރޭގެ އިރުއޮއްސި 19:00 ހާއިރު އެވެ. އެ އަންހެން މީހާ ފެންވަރަށް ހުއްޓާ ވީޑިޔޯ ކޮށްފައިވަނީ ފެންލައިޓުން ނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑީޔޯ އިން ފެންނަނީ ފުލުހުން ގެއެއްގެ ތެރެއިން ފިރިހެނަކު ހައްޔަރުކުރާ މަންޒަރެވެ. އަދި އެސަރަހައްދުގައި އާންމު ރައްޔިތުން އަޑުގަދަ ކުރަމުންދާ ތަން ފެނެ އެވެ.
މަޢުލޫމާތު ލިބޭގޮތުގައި މިމައްސަލައިގައި އަތުލައިގަތް މީހާ ވަނީ މީގެ ކުޑަދުވަސް ކޮޅެއް ކުރިން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް