އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ ތޫފާން "ޝާހީން" ގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނެފައިވަނީ އިރުއުތުރު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ "ޝާހީން" ނަން ވަނީ ދީފައިކަމަށެވެ.
ތޫފާން "ޝާހީން" ބާރުގަދަ ތޫފާނަކަށް ބަދަލުވެ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ހުޅަނގުހުޅަނގުއުތުރަށް އަދި އޭގެފަހުން ހުޅަނގުދެކުނަށް، ގަލްފް އޮމާން އަށް ދަތުރުކޮށް ބާރު ދަށްވާނެކަމަށް ލަފާކުރެވޭ" މެޓް އޮފީހުން ބުނެފައިވެއެވެ.
ތޫފާން "ޝާހީން"ގެ އަސަރު ރާއްޖެއަށް ނުކުރާނެކަމުގައި މެޓުން ބުނެފައިވާއިރު މިދިޔަ ހަފްތާގައި އުފެދުނު ތޫފާން "ގުލާބް"ގެ އަސަރުވެސް ރާއްޖެއަށްކޮށްފައެއް ނުވެއެވެ.
ތޫފާން ގުލާބަށް ފަހު، ތޫފާން ޝާހީން، އަދި ދެން މި ސަރަހައްދުގައި އުފެދޭ ތޫފާނަަކަށް ދޭނެ ނަމަކީ ތޫފާން "ޖަވާދު" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް