ރާއްޖެއިން ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 338،399 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 29 ވީ ބުދަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 338،399 އަށް އަރާފައެވެ.
ބުދަ ދުވަހު 534 މީހަކު ވަނީ ކޮވިޑް ވެކްސިން ދެވަނަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 238 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަދި އަތޮޅު ތަކުން އެދުވަހު ވެކްސިން ދެވަނަ ޑޯޒު ޖެހީ 296 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ފުރަތަމަ ޑޯޒު ބުދަ ދުވަހު 52 މީހަކަށް މާލެ ސަރަޙައްދުން ޖަހައިދީފައިވެއެވެ. އަތޮޅުތަކުން އެ ދުވަހު ވެކްސިން ފުރިހަމަ ކުރީ 31 މީހުނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 392،144 އަށް އަރާފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފާއިވާއިރު އެޗްޕީއޭ އިން މަޢުލޫމާތު ދެއްވާގޮތުގައި ވެކްސިންގެ 3 ވަނަ ޑޯޒެއް ޖެހުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
އެގޮތުން ވެކްސިންގެ ތިންވަނަ ޑޯޒެއްޖަހަން ހަމަ ޖެހިފައިވަނީ ބަލިޖެހުމުން ނުރައްކާވެދާނެ ފަރާތްތަކާއި ޕްރޮންޓުލައިންގައި މަސައްކަތް ކުރައްވާ ސިއްޙީ ޙިދުމަތްތެރިންނަށެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް