ޖެނީލިއާ އަކީ ގޭގައި އިންނަ ދައިތަ ގަނޑެކޭ ކިޔާތީ ރިތޭޝް ރައްދު ދީފި

ބޮލީވުޑްގައި މަޝްހޫރު ބަތަލް ރިތޭޝް ދޭޝްމުކްގެ އަންހެނުން ބަތަލާ ޖެނީލިއާ ޑިސޫޒާ ދޭޝްމުކަކީ ގޭގައި އިންނަ ދައިތަ ގަނޑެކޭ ކިޔައި މަލާމާތް ކުރުމުން ރިތޭޝް ރައްދު ދީފި އެވެ. އެމީހަކު ސޯޝަލް މީޑިއާގައި ބު...

01 Oct 2021 | 04:50

ބޮލީވުޑްގައި މަޝްހޫރު ބަތަލް ރިތޭޝް ދޭޝްމުކްގެ އަންހެނުން ބަތަލާ ޖެނީލިއާ ޑިސޫޒާ ދޭޝްމުކަކީ ގޭގައި އިންނަ ދައިތަ ގަނޑެކޭ ކިޔައި މަލާމާތް ކުރުމުން ރިތޭޝް ރައްދު ދީފި އެވެ.

އެމީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޖެނީލިއާ އާއި އެކު ރިތޭޝް މިހާރު އުޅެމުންދަނީ ހިތްހަމަ ޖެހޭ ދިރިއުޅުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. މިހާރު ޖެނީލިއާއަށް ފިލްމެއް ކުޅެލަންވެސް ނުލިބޭ ކަމަށާއި ދައިތަގަނޑަކަށްވެގެން ގޭގައި އިނުން ނޫންގޮތެއް ޖެނީލިއާއަށް ނެތް ކަމަށް އެމީހާ ބުނެފައިވެ އެވެ.

އަދި އެވަރުން ނުނިންމާ ރިތޭޝް އާއި ޖެނީލިއާގެ ދެމަފިރިކަމުގެ ގުޅުމާއި ގުޅޭގޮތުން ބޭއަދަބީ ވާހަކަކެއް ލިޔުމުގެ އިތުރުން އެމީހާ ވަނީ ޖެނީލިއާ އަބަދު އުޅެނީ އަމިއްލައަށް މަޖާވެގަނެގެން އޭނާވަރެއް ނެތިގެން ކަމަށެވެ.

މިވާހަކަތައް އެމީހާ ލިޔުނީ މިފަހުން ރިތޭޝް އާއި ޖެނީލިއާ ބައިވެރިވި އެވޯޑު ހަފްލާއެއްގައި އޭނާ ހުއްޓިގެން ހުރި ގޮތުން ނަގާފައިވާ ފޮޓޯއެއް އާންމު ވުމުންނެވެ. އެ ފޮޓޯގައި ޖެނީލިއާ ވަކިން ފާޑަކަށް މޫނު ހަދައިގެން ހުރި އިރު ތަންކޮޅެއް ދުރުގައި ރިތޭޝް ޕްރިތީ ޒިންތާ އާއި ވާހަކަ ދައްކަން ހުރެ އެވެ.

އެމީހާއަށް ރައްދުދީ ރިތޭޝް ވާހަކަދެއްކީ އަރްބާޒް ހާންގެ ޓޯކް ޝޯ "ޕިންޗް" ގައި ދެމަފިރިން ބައިވެރިވުމުން ކުރި ސުވާލުތަކަކާއި ގުޅިގެންނެވެ. އެ ޝޯގައި އަރުބާޒް ވަނީ އެމީހާ ސޯޝަލް މީޑިއާގައި ލިޔެފައިވާ ވާހަކަތަކަށް ކިޔުމަށް ފަހު އެ ވާހަކަތަކާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޖެނީލިއާ ބުނީ އޭނާ އަކީ އަބަދުވެސް ކައިވެނިކޮށްގެން އުޅޭ އަންހެނެއް ކަމަށެވެ. އަދި އަބަދު ގޭގައި އުޅޭ މީހެއް ކަމަށެވެ.

ރިތޭޝް ބުނީ އެމީހާގެ ޕްރޮފައިލްގައި އިނީ އެއީ ޔޯގާ ކުރާ މީހެއް ކަމަށެވެ. އެހެން ކަމުން އޭނާ ކުރަން ޖެހޭނެ ކަމަކީ ތަފާތު ވައްތަރުގެ ޔޯގާ ޖެއްސުން ކަމަށެވެ. އެގޮތުން ކަބައްޑީ އާއި ޝަވަޝަނާ ފަރިތަ ކުރުން ގިނަ ކުރަން ރިތޭޝް އެދުނެވެ.

ރިތޭޝްގެ މި ޖަވާބުން އެންމެން ވަނީ ހައިރާން ކޮށްލާފަ އެވެ. ގިނަ ބަޔަކު ހީކުރީ ޖެނީލިއާއަށް ރަށްދުކުރި ހުތުރު ބަސްތަކުން އޭނާ ވަރަށް ރުޅިއައިސް ރައްދު ދޭނެ ކަމަށެވެ.

އެ ޝޯގައި ޖެނީލިއާ ބުނީ އެވޯޑް ހަފްލާއަށް ދިޔަ ރޭ އާންމުވި ފޮޓޯގައި އޭނާއަށް މޫނު ހަދައިގެން އެ ހުރެވުނީ ގިނަ ދުވަސްތަކަކަށް ފަހު އުސް ފައިވާނަކަށް އެރުމުން ފުންނާބަށް ތަދުވާތީ ކަމަށެވެ. އެއްގޮތަކަށްވެސް ރިތޭޝް އެހެން އަންހެނަކާއި ވާހަކަ ދައްކާތީ ނޫން ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް