އަންނަ މަހު އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވާލަނީ

ކޯވިޑާއި ގުޅިގެން އޮސްޓްރޭލިއާ ބޯޑަރު ބަންދު ކުރި ފަހުން ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލަން ތައްޔާރުވެއްޖެ އެވެ. އެ ގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ މިއީ ކޯވިޑާއި ގުޅިގެން ބައިނަލް އަ...

01 Oct 2021 | 04:23

ކޯވިޑާއި ގުޅިގެން އޮސްޓްރޭލިއާ ބޯޑަރު ބަންދު ކުރި ފަހުން ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

އެ ގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ މިއީ ކޯވިޑާއި ގުޅިގެން ބައިނަލް އަގުވާމީ ދަތުރުވެރިންނަށް އެ ގައުމަށް އެތެރެވުމަށް އޮތް ހުރަަސް ނިމުމަކަށް ގެނެސް ގައުމު ހުޅުވާލަންވީ ވަގުތު ކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުން އާންމު ދިރިއުޅުމުގައި އުޅެން ފަށަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

އަންނަ މަހު ބޯޑަރު ހުޅުވާލުމާއި އެކު އެގައުމަށް އެތެރެވުމަށް ފަހު ކަރަންޓީން ވާން ޖެހޭ މުއްދަތު ހަތް ދުވަހަށް ކުރުވެ އަމިއްލަ ގޭގައި ރައްޔިތުންނަށް ކަރަންޓީންވެވޭނެ އެވެ. އޭރުން މިހާރު އެ ގައުމުގެ ރައްޔިތުން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހޮޓެލްތަކުގައި ފުރިހަމަ ކުރަން ޖެހުމާއި ދައްކަން ޖެހޭ 3،000 އޮސްޓްރޭލިއަން ޑޮލަރު ދައްކާކަށް ނުޖެހޭނެ އެވެ.

އޮސްޓްރޭލިއާގެ ސިޓީތަކުގެ ތެރެއިން ސިޑްނީ އާއި، މެލްބަން އަދި ކެމްބެރާގައި މިދުވަސްވަރު ދަނީ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެމުންނެވެ. އެކަމަކު ކުއީންސްލޭންޑާއި ވެސްޓާން އޮސްޓްރޭލިއާ ފަދަ ސަރަހައްދުތަކުގައި އެއްވެސް ވަރަކަށް ކޯވިޑެއް ނޫޅެ އެވެ.

އެހެންވެ އެ ސިޓީތަކުން ދަނީ ބޯޑަރު ހުޅުވާލުމާއި ދެކޮޅު ހަދަމުންނެވެ.

އޮސްޓްރޭލިއާގައި އަލުން ހުޅުވާލަން ނިންމާފައި މިވަނީ 80 ޕަސެންޓު ވެކްސިން ފުރިހަމަކޮށްފައިވާ ސްޓޭޓްތަކެވެ.

ސަރުކާރުގެ މި ނިންމުމުން އެންމެ ބޮޑު މައްސަލައަކަށްވެފައިވާ އާއިލާތައް ވަކިން އުޅެން ޖެހުމުގެ މައްސަލައަށް އައްލެއް ލިބޭނެ ކަމަށްވެ އެވެ. އެގައުމު އަލުން ހުޅުވާލަން ނިންމާފައި މިވަނީ 18 މަސް ފަހުންނެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 11 މިލިއަން މީހުންނެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 43.5 ޕަސެންޓު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް