އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުުމާއި ގުޅޭ ތަފްސީލް ދެ ފަރާތުންވެސް ހާމައެއް ނުކުރެ އެވެ. މިއީ އިންތިހާބުވެވަޑައިގެންނެވިފަހުން އިބޫ ބޭރުގެ ސަފީރަކާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
އެކަމަކު ގައުމުތަކުގެ ވެރިން ގެންދަވަނީ އިބޫއަށް ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހިމެނިވަޑައިގެންނަވަ އެވެ. މޯދީ ވަނީ އިބޫ ވީހާވެސް އަވަހަކަށް އިންޑިއާއަށް ވަޑައިގެންނެވުމުގެ ދައުވަތު ދެއްވާފަ އެވެ. އަދި އިބޫ ވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެއްވާފަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އިބޫ ވަނީ ކަސްޓަމްސް އާއި ސިފައިންނާއި، ފުލުހުންގެ އިސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް