ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސް ޓީވީން ދައްކަން ފަށައިފި

ލައިވް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ މައިކުޖޫ ޓީވީ މެދުވެރިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސްޓީވީން ވަގުތުން ދައްކަން ފަށައިފި އެވެ. އައިސްޓީވީން ދައްކާ އެ މުބާރާތުގެ ފުރަތަމަ މެޗަކ...

01 Oct 2018 | 11:13

ލައިވް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ މައިކުޖޫ ޓީވީ މެދުވެރިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސްޓީވީން ވަގުތުން ދައްކަން ފަށައިފި އެވެ.

އައިސްޓީވީން ދައްކާ އެ މުބާރާތުގެ ފުރަތަމަ މެޗަކީ މިއަދު ހަވީރު ކުޅޭ ނިއު ރޭޑިއަންޓާއި ބ. ފެހެންދޫ ބައްދަލުކުރާ މެޗެވެ. މީޑިއާނެޓުގެ 100 ނަމްބަރު ޗެނަލުން ފެންނަ އައިސްޓީވީ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ވެސް ދައްކާ ޗެނަލެކެވެ.

މީޑިއާ ނެޓުން ބުނީ މިހާރު ކުރިޔަށްދާ މި ދެ މުބާރާތުގެ މެޗުތަކުގެ ތެރެއިން އިސްކަން ދޭނީ ޕްރިމިއާ ލީގުގެ މެޗުތަކަށް ކަމަށެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގުގެ މެޗަކާއި ޕްރިމިއާ ލީގުގެ މެޗަކާއި އެއް ގަޑިއެއްގައި އޮންނަ ނަމަ އައިސް ޓީވީން ދައްކާނީ ޕްރިމިއާ ލީގުގެ މެޗެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސް ޓީވީން ދައްކަނީ މައިކުޖޫ ޕްލެޓްފޯމް މެދުވެރިކޮށް ގިނަ ކުޅިވަރިތަކެއް ލައިވް ސްޓްރީމް ކުރާ ރާއްޖޭގެ ހާފްކޯޓް މޯލްޑިވްސް އައި ގުޅިގެންނެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމާއި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް