އިބޫ ހުވާ ކުރެއްވުމުގެ ޖަލްސާ އާންމުކޮށް ހުޅުވާލަނީ

އިބްތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލ...

01 Oct 2018 | 10:57

އިބްތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް އެ ރަސްމިއްޔާތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އާންމުންނަށް އެ ރަސްމިއްޔާތު ހުޅުވާލަން ނިންމީ އިބޫ އެގޮތަށް ބޭނުންފުޅުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އިބޫ ސަރުކާރު ހިންގަވަން ބޭނުން ވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނާ ގާތުން ކަމަށާއި ރައްޔިތުންގެ ރައީސް ހުވާ ކުރައްވާއިރު އެކަމުގެ އުފަލުގައި ރައްޔިތުން ބައިވެރިވެވޭނެ ގޮތްވާން ޖެހޭނެ ކަމަަށް އިބޫ ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާ ވެސް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުން. އެހެން ކަމަށް ވާއިރު ރައްޔިތުން އިންތިހާބު ކުރި ރައީސަކު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ވީހާ ވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތަށް އެކަން ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވަރަށް ބޮޑު އެދުމެއް،" މާރިޔާ ވިދާޅުވި އެވެ.

އިބޫ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެކަމަކު ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ވަނީ އިބޫއަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް