ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމްދޫން ރަޝީދު، ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ.
އޭނާ މިހާތަނަށް ހުންނެވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި އެވެ. އޭނާ އަކީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އޮޕަރޭޝަންގައި ފުލުހުންގެ އިސް ކޮމާންޑަރެވެ.
ހަމްދޫން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރުމަށް ފަހު ކުރިން އެމަގާމުގައި ހުންނެވި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވަނީ އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކޮށްފައި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައި މިވަނީ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ، މިދިޔަ ހޮނިހިރު ދުވަހު އިއުލާނު ކުރުމާއި އެކު ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާތައް ރަސްމީކޮށް ފެށިފަ ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް