ދިރާގުގެ 30 ވަނަ އަހަރީ ދުވަސް: 30 މީހަކަށް 30 ގައުމަށް ދިއުމުގެ ފުރުސަތު

މިއަދު ފާހަގަ ކުރަމުންދާ ދިރާގުގެ 30 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. "އެނިވާސަރީ ގިވް އަވޭ، 30 ޕީޕަލް 30 ޑެސްޓިނޭޝަން" ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ހޮވޭ ...

01 Oct 2018 | 09:14

މިއަދު ފާހަގަ ކުރަމުންދާ ދިރާގުގެ 30 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އެނިވާސަރީ ގިވް އަވޭ، 30 ޕީޕަލް 30 ޑެސްޓިނޭޝަން" ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ހޮވޭ 30 ފަރާތަކަށް 30 ގައުމަށް ޗުއްޓީ ހޭދަކޮށްލަން ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެކުގައި މީހަކު ގެއްދިއުމަށްވެސް ފުރުސަތު ލިބެ އެވެ.

ދިރާގުން ބުނީ މި ހާއްސަ ޕްރޮމޯޝަންގައި ދެކޮޅު ޓިކެޓާއި ފަސް ދުވަހުގެ ހުރުން އަދި ޓްރެވަލް އިންޝުއަރެންސާއި ޗުއްޓީ ހޭދަކުރާ ގައުމެއްގައި ހޭދަ ކުރުމަށް 500 އެމެރިކާ ޑޮލަރުވެސް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ 15 ހަފުތާއަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުނަގައި މީހަކު ހޮވާނެ އެވެ.

މި ޕްރޮމޯޝަންގައި ދެވޭ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، ބާލީ، ދުބާއީ، ބެންކޮކް އަދި ދެކުނު ކޮރެއާގެ ސޯލް، ވިއެޓްނާމް، އިޓަލީގެ ރޯމް، ޖާމަނީގެ ފްރެންކްފަޓް، ޖަޕާނުގެ ޖުކަކޯއާ، މެލޭޝިއާ، ސުއިޓްޒަލޭންޑުގެ ޒިއުރިކް، ލާއޯސް، ޗައިނާގެ ޝެންގްޒެން، މިސްރުގެ ކައިރޯ، މެލޭޝިއާގެ ކުއަލްލަމްޕޫރު، ތުރުީގެ އިސްތަމްބޫލް، ތައިލޭންޑުގެ ޕުކެޓް، ހޮލެންޑުގެ އެމްސްޓަޑަމް، ޖަޕާނުގެ ޓޯކިއޯ، ހޮންކޮންގް އަދި ވިއެޓްނާމްގެ އަހޯއީ އާއި ކެމްބޯޑިއާގެ ޕެންޕެން އަދި ޗައިނާގެ ބެއިޖިން އާއި ޖޯޑަމްގެ އަންމާން އަދި އިނގިރޭސިވިލާތުގެ ލަންޑަން އާއި މެލޭޝިއާގެ ކޮންތާ ކިނަބޫލާ ހިމެނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ހާއްސަ ކަމެއް ކުރާކަށް ނުޖެހެ އެވެ. ދިރާގުގެ ޕްރީޕެއިޑާއި ޕޯސްޓު ޕެއިޑް ކަސްޓަމަރުންނަށް އޮޓަމެޓިކުން ބައިވެެރިވެވޭނެ އެވެ.

އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނި ދިރާގުން ރާއްޖޭގައި ހިދުމަތް ދޭން ފެށީ އެކެއް އޮކްޓޯބަރު 1988 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް