އިބޫ ސިފައިންގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސިފައިންގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒުގައި އެވެ. އިބޫ ސިފައިންގެ މައި ...

01 Oct 2018 | 07:12

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސިފައިންގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒުގައި އެވެ. އިބޫ ސިފައިންގެ މައި އިދާރާއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ޗީފް އޮފް ޑިފެންސް  ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.

ސިފައިންގެ އިސްވެރިންނާއި އެކު އިިބޫ ބޭއްވި ބައްދަލުވުމުގައި ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި އެމްޑީޕީގެ ވެރިކަމުގައި މާލޭ އޭރިއާގެ ކޮމާންޑަރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރު ގާނޫނީ ވަކީލް ހިސާން ހުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމާ ގުޅޭ ތަފުސީލެއް ދެ ފަރާތުން ވެސް ހާމައެއް ނުކުރެ އެވެ.

އިބޫ އިއްޔެ ވަނީ ކަސްޓަމްސް އިދާރާއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައި އެވެ. އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއިވެސް ބައްދަލު ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް