ދިވެހި ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކާއި ހަވާލުވެވަޑައިގެންނެވުމުން ސިވިސް ސާވިސް އިދާރާތަކުގެ މެންޑޭޓަށް ބަދަލުތަކެއް އަތުވެދާނެތީ ކަމަށެވެ.
ނަމަވެސް ސިވިސް ސާވިސް އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް މެދުކެނޑުނަ ނުދިނުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް މީހުން ނެގުން އެ ކޮމިޝަންގެ ހުއްދައާއެކު ކުރިއަށް ގެންދިއުމަށް ސިވިސް ސާވިސްގެ ސާކިއުލާގައި އަންގާފައިވެ އެވެ.
ސަރުކާރު ބަދަލުވުމުގެ މި މަރުހަލާގައި ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށްދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނަށް އިއްޔެ ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އިބޫގެ ފަރާތުން ސިޔާސީ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ. އަދި ސިވިލް ސާވިސްގެ ކަންކަން ބެލެހެއްޓުމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އަހުމަދު ލަތީވެފެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް