މޫސުމަށް ސަމާލުވޭ، މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި!

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓު އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވައ...

01 Oct 2018 | 06:33

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓު އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 11:30 ން ހަވީރު 5:30 އަށެވެ.

މެޓް އޮފީހުން ބުނީ މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެގެން ކުރަމުންދާ ވިއްސާރަ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރަ ކުރިޔަށް އޮތް ފަސް ދުވަހަށް ކުރާނެ ކަމަށް ލަފާކުރެ އެވެ.

މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ އާންމު ދިރިއުޅުމުގަ އާއި ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް