ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަނަކަށް ލަތީފު އައްޔަން ކޮށްފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކޮ...

01 Oct 2018 | 06:09

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކޮށްފި އެވެ.

މި މަގާމަށް އައްޔަން ކުރުމުން އޭނާ ވެގެންދާނީ ސިވިލް ސާވިސްގެ މުވައްޒަފަކަށެވެ. އެ މަގާމަށް ލަތީފު އައްޔަން ކުރި ކަމުގެ ލިޔުން ސީއެސްސީގެ ރައީސް ހުސައިން ޝަމީމް ވަނީ މިއަދު ހަވާލު ކުރައްވާފައި އެވެ.

ލަތީފް އަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބޭފުޅެވެ. އަދި އޭނާ އަކީ އޮލިމްޕިކްސް ކޮމިޓީގެ ނައިބު ރައީސް އެވެ. އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ފަރާތުން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ހިމެނެ އެވެ.

https://twitter.com/MDPSecretariat/status/1046636419798716422

ގާނޫނު ނަންބަރު 5/2010 "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ ސިޔަސީ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް