ރާއްޖެއަށް ކުރަމުންދާ ވިއްސާއިގަ ކުރިޔަށް އޮތް ފަސް ދުވަހު ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެގެން ކުރަމުންދާ ވިއްސާރަ ކަމަށެވެ. އެ އިދާރާއިން ބުނީ ކުރިިޔަށް އޮތް ފަސް ދުވަހުވެސް ބޯކޮށް ވާރޭވެހި ވައިގަދަވުމާއި އެކު ކަނޑުތައް ގަދަވާނެ އެވެ.
މިއަދު ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައި އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.
މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ އާންމު ދިރިއުޅުމުގަ އާއި ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް