ގާސިމް އާއި ޑރ ޖަމީލް މާދަމާ މާލެ ވަޑައިގެންނަވަނީ

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީ ލީޑަރު ގާއިމް އިބްރާހިމް މާދަމާ މާލެ ވަޑައިގެންނަވަން ނިންމަވައިފި އެވެ. ގާސިމް ރޭ ވީީޓީވީގައި ވިދާޅުވީ އަންނަ ބުދަދުވަހުގެ މެންދުރުފ...

01 Oct 2018 | 05:18

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީ ލީޑަރު ގާއިމް އިބްރާހިމް މާދަމާ މާލެ ވަޑައިގެންނަވަން ނިންމަވައިފި އެވެ.

ގާސިމް ރޭ ވީީޓީވީގައި ވިދާޅުވީ އަންނަ ބުދަދުވަހުގެ މެންދުރުފަހު ތިނެއް ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ. އޭނާގެ އަރިހުގައި ޑރ. ޖަމީލް ގެ އިތުރުން އެ ޕާޓީގެ ރައީސް އަލީ ވަހީދާއި ޖޭޕީގެ މެމްބަރ ޑރ. ޝާހު މާހިރުވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

މިހުރިހާ ބޭފުޅުންވެސް ރާއްޖެއިން ބޭރުގައި އުޅުއްވަނީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. އޭގެ ތެރެއިން ގާސިމަށް ވަނީ ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެވެ. އެކަމަކު އިއްޔެ ހައި ކޯޓުން ވަނީ އޭނާ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައި އެވެ.

ގާސިމް އުޅުއްވީ ޖަރުމަނުވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.

ޖަމީލް، އިނގިރޭސިވިލާތަށް ވަޑައިގަތީ، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމުންނެވެ. އަލީ ވަހީދު ވަޑައިގަތީ، މެއި، 1، 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން އޭނާގެ މައްސަލައެއް ތަހުގީގު ކުރަން ފެށުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް