އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން ބުނެފައިވަނީ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ކަމަށެވެ.
އެގޮތުން ޕެޓްރޯލް އަދި ޑީސަލް ލިޓަރަކުން 20 ލާރި ބޮޑުކޮށްފައިވެއެވެ.
އަގަށް ގެނައި ބަދަލާއެކު ޕެޓްރޯލް ލިޓަރެއް ދެން ގަންނަން ލިބޭނީ 10 ރުފިޔާ 97 ލާރިއަށް ކަމަށާއި ޑީސަލް ލީޓަރެއް ދެން ގަންނަންލިބޭނީ 11 ރުފިޔާ 43 ލާރިއަށްކަމުގައި އެސްޓީއޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް