މަޖީދީމަހުގައި ހުންނަ ކުރެދިވަލުއާގޭ އިމާރާތުގެ ފަސް ވަނަ ބުރިން މިއަދު ހަވީރު ވެއްޓުނު 11 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭ 20:40 ހާއިރު އެވެ.
މ.ކުރެދިވަލުއާގޭގެ ފަސްވަނަ ބުރީގެ ބެލްކަނީއިން މިކުއްޖާ ވެއްޓުނީ، ބެލްކަނީގައި ހުރި ދޮންނަ މެޝެނު މައްޗަށް އަރައި އުޅުމުގެ ތެރޭގައި ކައްސާލައިގެން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ. އެހެން ނަމަވެސް، އޭނާ ދޮންނަ މެޝެނު މައްޗަށް އެރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް