ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނުކުތް މީހެއްގެ އަތުން 20،000 ޑޮލަރު ފޭރިގެންފި އެވެ.
ދުވަހަށް މައުލޫތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހެއްގެ އަތުން 20،000 ޑޮލަރު ފޭރިގަނެގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެގޮތުން މިއަދު މެންދުރު 1:30 އެހާކަންހާއިރު އެސްބީއައި ގޯޅިތެރެއިން ސައިކަލެއްގައި އައި ދެ މީހަކު އެސްބީއައިން ޑޮލަރުތަކެއް ނަގައިގެން ނުކުތް މީހެއްގެ އަތުން އެ ޑޮލަރުތައް ފޭރިގަނެފައިވާ ކަމަށެވެ.
އޮފިޝަލު އިތުރަށް ވިދާޅުވީ ވިދާޅުވީ ޑޮލަރުތަކުގެ އިތުރުން އެ މީހާގެ އަތުން ބައެއް ކަހަލަ ޑޮކިއުމަންޓުތައް ވެސް އެ ދެ މީހުން ފޭރިގަނެފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް