ތަޖުރިބާ ހޯދުމަށް ފުވައްމުލަކު ދަނޑުވެރިންގެ ޓީމެއް އުކުޅަހަށް

ތަޖުރިބާ ހޯދުމަށް ފުވައްމުލަކު ކައުންސިލާއި ދަނޑުވެރިން ހިމެނޭ ޓީމެއް 30 ސެޕްޓެމްބަރުން ފެށިގެން އއ. އުކުޅަހުގައި ޙަރަކާތްތެރިވަމުން އެބަ ގެންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފި އެވެ. އެ މިނިސް...

01 Oct 2015 | 09:15

ތަޖުރިބާ ހޯދުމަށް ފުވައްމުލަކު ކައުންސިލާއި ދަނޑުވެރިން ހިމެނޭ ޓީމެއް 30 ސެޕްޓެމްބަރުން ފެށިގެން އއ. އުކުޅަހުގައި ޙަރަކާތްތެރިވަމުން އެބަ ގެންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، އޯގަނިކް ކޮމްޕޯސްޓް އަދި ބަޔޯ ޕެސްޓިސައިޑް އުފެއްދުމާ ބެހޭ މައުލޫމާތުދީ އެތަކެތި އުފެއްދުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި ހިންގާ ގޮތަށް ހަމަޖެހިފައި ވާކަމަށާއި  މިޕްރޮގްރާމްގެ ދަށުން ކާދު ތައްޔާރު ކުރުމުގެ މަސައްކަތް ބަލާ އަމަލީ ތަޖުރިބާ ޙާޞިލް ކުރުމުގެ ގޮތުން ފުވައްމުލަކު ކައުންސިލާއި ދަނޑުވެރިން ހިމެނޭ ޓީމެއް 30 ސެޕްޓެމްބަރުން ފެށިގެން އއ. އުކުޅަހުގައި ޙަރަކާތްތެރިވަމުން އެބަ ގެންދާ ކަމަށެވެ.

"މި ޓީން އުކުޅަހަށް މިދިޔައީ ކާމިޔާބުކަމާއެކު އުކުޅަހުގައި އެރަށުގެ ކައުންސިލުން ކުރިއަށްގެންދާ ކޮމްޕޯސްޓް ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ މަސައްކަތްތައް ބަލާ ތަޖުރިބާ ހޯދުމުގެ ގޮތުން. ދެ ދުވަހުގެ މުއްދަތަށް ކުރާ މިދަތުރުގައި މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވަނީ އުކުޅަހުގައި ކުނި މެނޭޖްކޮށް ކާދު އުފެއްދުމުގެ މަޝްރޫޢު ހިންގުމުގައި އުކުޅަހު ކައުންސިލްގެ ފަރާތުން ޙަރަކާތްތެރިވާ އިސް ފަރާތްތައް" މިނިސްޓްރީން ހާމަކޮށްފައި ވެ އެވެ.

މީގެއިތުރުން، ހަނިމާދޫ ކައުންސިލުން އިސްނަންގަވައިގެން ހަނިމާދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ގަސްތުކުރައްވާފައިވާތީ އެމަސައްކަތުގެ ތެރޭގައި ކާދު އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމާ ގުޅޭ މައުލޫމާތު ހޯދުމަށާއި ތަޖުރިބާ ޙާޞިލް ކުރުމުގެ ފުރުޞަތު މިދަތުރުގެ ތެރެއިން އެކައުންސިލަށްވެސް ދެވިފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް