މިނިވަން 50 އަދި އދ ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުފުރުން އދ ގައި ފާހަގަކޮށްފި

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާއި އދގެ މެމްބަރު ގައުމަކަށް ރާއްޖެ ވިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ ގެ މައި އިދާރާގައި ހަފްލާއެއް ބާއްވައިފި އެވެ. އެ ހަ...

01 Oct 2015 | 07:59

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާއި އދގެ މެމްބަރު ގައުމަކަށް ރާއްޖެ ވިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ ގެ މައި އިދާރާގައި ހަފްލާއެއް ބާއްވައިފި އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ރާއްޖެއިން ޔޫއެންގައި ބައިވެރިވީ އެ ޖަމާއަތުން ލިބިދޭ ހަމަހަމަ ކަމާއި ގާނޫނީ ހައިސިއްޔަތު ރާއްޖޭން ގަބޫލުކުރާތީ ކަމަށެވެ.

ހަފްލާއަށް ވަޑައިގެންނެވި ދުނިޔޭގެ ގައުމުތަކުގެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ އެބޭފުޅުން އެ ހަފުލާގައި ބައިވެރި ވެވަޑައިގެންނެވުމުން ދައްކުވައި ދެނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް އޮތް ތާއީދު ކަމަށެވެ.

މި ހަފްލާގައި ރާއްޖޭގެ ސަގާފަތާއި ތާރީހާއި ގައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީތައް ދައްކުވައިދޭ ފޮޓޯ ގެލެރީއެއް ބަހައްޓާފައިވެ އެވެ. އަދި ރާއްޖޭގެ އަތްތެރި މަސައްކަތް ދައްކުވައިދޭ ބޫތެއް ވެސް އެހަފްލާގައި ބަހައްޓާފައި ހުރި ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް