އިރާއީ ބުކްޝޮޕް ފަޅާލައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނަގައިފި

ބުރުޒު މަގުގައި ހުންނަ އިރާއީ ބުކްޝޮޕް ފަޅާލައި، ބައްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އެ މައުލޫމާތު ލިބ...

01 Oct 2015 | 07:46

ބުރުޒު މަގުގައި ހުންނަ އިރާއީ ބުކްޝޮޕް ފަޅާލައި، ބައްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:20 ގައި ކަމަށާއި ބުކްޝޮޕް ފަޅާލާފައިވަނީ ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

އެ ފިހާރައިން 52،000 ރުފިޔާ ވަގަށް ނަގާފައި ވެ އެވެ.

ފުލުހުންގ އޮފިޝަލް އިތުރަށް ވިދާޅުވީ އެ ފިހާރައިން ފައިސާ ނޫން އެއްޗެއް ވަގަށް ގެންދިޔަކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގާ މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް