ދިރާގު އަހަރީ ދުވަހުގެ އުފަލުގައި ހިލޭ ޑޭޓާގެ އިތުރުން އެންމެ ފަހުގެ ފޯނެއް ހޯދުމުގެ ފުރުސަތު

ދިރާގުގެ 27 ވަނަ އަހަރީ ދުވަހުގެ އުފަލުގައި ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދިނުމަށް ދިރާގުން ނިންމައިފި އެވެ. އެގޮތުން މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމ...

01 Oct 2015 | 06:53

ދިރާގުގެ 27 ވަނަ އަހަރީ ދުވަހުގެ އުފަލުގައި ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދިނުމަށް ދިރާގުން ނިންމައިފި އެވެ.

އެގޮތުން މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށާއި ޑޭޓާ ޕްލޭނެއް އެކްޓިވޭޓް ކޮށްފައި ނުވިޔަސް މި ހިލޭ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ހާމަކުރެ އެވެ. އަދި މީގެ އިތުރުން ޓަޗްނެޓް ކަސްޓަމަރުންނަށް ފަސް ޖީބީއާ ހަމައަށް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ހާމަކުރެ އެވެ.

އަހަރީ ދުވަހުގެ ހަދިޔާއެއް ގޮތުން ކަސްޓަމަރުންނަށް ދިރާގުންދޭ މި ހާއްސަ ހަދިޔާއާ ބެހޭގޮތުން ދިރާގުގެ މާކެޓިން ޑިރެކްޓާ އަހްމަދު މައުމޫން ވިދާޅުވެފައިވަނީ މިއަދަކީ ދިރާގުގެ އަހަރީ ދުވަސް ކަމަށްވާއިރު މި ހަދިޔާއަކީ ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދެވޭ ހަދިޔާ އެއް ކަމަށެވެ.

މީގެ އިތުރުން ދިރާގުގެ އޮފިޝަލް ފޭސްބުކް ޕޭޖް އަދި ޓްވިޓާ އެކައުންޓްގައިވާ "ދިރާގު އެނިވާސަރީ ޕޯސްޓަށް" ލައިކެއް ދީގެން އަދި ރީޓްވީޓް ކޮށްލައިގެން އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް 6 އެޖް ސްމާޓް ފޯނެއް ހޯދުމުގެ ފުރުސަތުވެސް ދިރާގުން ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް