ޔަމަނުގައި ހޫތީންނާއި ދެކޮޅަށް އަރަބި ކޯލީޝަނުން ހަނގުރާމަކުރަމުން އަންނައިރު އިރާނުން ހޫތީންނަށް ފޮނުވި ކަމަށް ބެލެވޭ ހަތިޔާރު ބަރުކުރި ބޯޓެއް ސައުދީ ކޯލީޝަނުން އަތުލައިގެންފި އެވެ.
މި ބޯޓު އަތުލައިގެންފައިވަނީ އޮމާނުގެ ބޭރުންނެވެ. މި ބޯޓުން ރޮކެޓާއި މިސައިލުގެ އިތުރުން ގިނަ އަދަދެއްގެ ބަރު ހަތިޔާރު ހުރި ކަމަށާއި އެ ބޯޓުގައި ހުރީ އީރާނުން ހޫތީންނަށް ފޮނުވި ހަތިޔާރު ކަމަށް ސައުދީ އިސްވެ އޮވެ އުފައްދާފައިވާ އަރަބި ކޯލީޝަނުން ބުނެފައި ވެ އެވެ.
އަރަބި ކޯލީޝަނުން ހާމަކޮށްފައިވާގޮތުން މި ބޯޓު އަތުލައިގެންފައިވަނީ މިދިޔަ އީދުގެ ތިން ވަނަ ދުވަހު ކަމަށެވެ.
މިކަމާއިބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ސައުދީ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ޖެނެރަލް މޭޖާ އަހްމަދު އަސީރި ބުނެފައިވަނީ މިކަމުން ދައްކުވައިދެނީ ޔަމަނުގެ މަސްރަހުގެ ތެރެއަށް އީރާނުން ވަނުމަށް މަސައްކަތް ކުރާ ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް