އީޖާދީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި

ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އިން ދޭ އީޖާދީ އިނާމަށް ނަން ހުށަހެޅުމުގެ  މުއްދަތު އެ ކޮމިޝަނުން އިތުރުކޮށްފި އެވެ. އީޖާދީ އިނާމަކީ ސިވިލް ސާވިސްގެ ހިންގުމަށް ޒަމާނީ އާ ގޮތްތައް ތައާރަފުކުރުމަށް ހިތ...

01 Oct 2015 | 05:11

ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އިން ދޭ އީޖާދީ އިނާމަށް ނަން ހުށަހެޅުމުގެ  މުއްދަތު އެ ކޮމިޝަނުން އިތުރުކޮށްފި އެވެ.

އީޖާދީ އިނާމަކީ ސިވިލް ސާވިސްގެ ހިންގުމަށް ޒަމާނީ އާ ގޮތްތައް ތައާރަފުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ކުރިން މި އެވޯޑް ދީފައިވަނީ އިނޮވޭޝަން އެވޯޑުގެ ނަމުގަ އެގެ. އީޖާދީ އިނާމަށް ނަން ބަދަލުކޮށް އެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މެއި މަހުގެ ހަތްވަނަ ދުވަހު އެވެ. ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 29 ގެ ނިޔަލަށެވެ. އަދި މަސައްކަތްތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ ނޮވެމްބަރު މަހު 30 ވަނަ ދުވަހަށެވެ.

މި އިނާމަކީ އިނާމަކީ ރައްޔިތުންނަށް އެ ރައްޔިތުންނަށްދޭ ހިދުމަތް ހަލުވި ކޮށް، އޮފީހުގެ ފެންވަރު ރަނގަޅުކޮށް، އޮފީހުގެ ހަރަދުތައް ކުޑަ ކުރުމާއެކު ހިންގުން ހަރުދަނާކުރުމަށް މުވައްޒަފުން އިސްނަގައިގެން ކުރާ ކަންތައްތަކަށް ހިތްވަރުދީ އެފަދަ މަސައްކަތް ކުރާ އިދާރާތައް ފާހަގަ ކުރުމުގެ ބޭނުމުގައި ދިނުމަށް ހަމަޖެހިފައިވާ އިނާމެއް ކަމަށް ސީއެސްސީ އިން ބުނެ އެވެ.

މި އިނާމު ދޭން ފަށާފައިވަނީ 2012 ވަނަ އަހަރު އެވެ. އިނާމު ދެމުން އަންނަނީ ދެ އަހަރުން އެއް އަހަރު އެވެ.

އެ އެވޯޑަށް ސަރުކާރުގެ މިނިސްޓްރީތަކާއި އެ ތަންތަނުގެ ދަށުން ހިންގާ އޮފީސްތަކާއި ލޯކަލް ކައުންސިލްތަކާއި ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރާ ވަކިވަކި ދާއިރާތަކުން ކުރިމަތިލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް