ޕްރިންސް ނަވާފްގެ ކަށުނަމާދާއި ޖަނާޒާގައި ސަލްމާން ރަސްގެފާނު ބައިވެރިވެވަޑައިގެންފި

އަންގާރަ ދުވަހު އަވަހާރަވި ސައުދީ ޕްރިންސް ނަވާފްގެ ކަށުނަމާދާއި ޖަނާޒާގައި ސައުދީ ރަސްގެފާނު ސަލްމާން ބައިވެރިވެވަޑައިގެންފި އެވެ. ޕްރިންސް ނަވާފްގެ ކަށުނަމާދު ކުރިއަށް ގެންގޮސްފައިވަނީ މައްކާގެ މަސް...

01 Oct 2015 | 04:39

އަންގާރަ ދުވަހު އަވަހާރަވި ސައުދީ ޕްރިންސް ނަވާފްގެ ކަށުނަމާދާއި ޖަނާޒާގައި ސައުދީ ރަސްގެފާނު ސަލްމާން ބައިވެރިވެވަޑައިގެންފި އެވެ.

ޕްރިންސް ނަވާފްގެ ކަށުނަމާދު ކުރިއަށް ގެންގޮސްފައިވަނީ މައްކާގެ މަސްޖިދުލް ހަރާމްގަ އެވެ. ރަސްމީ އިއްޒަތުގައި ފަސްދާނުލާފައިވަނީ މައްކާގަ އެވެ.

އިއްޔެގެ ޖަނާޒާގައި ސައުދޫ ޕްރިންސް މުހައްމަދު ބިން ނާއިފް، ޕްރިންސް މުހައްމަދު ބިން ސަލްމާން އަދި މައްކާގެ އަމީރު ޕްރިންސް ހާލިދު އަލް ފައިސަލްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕްރިންސް ނަވާޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1933 ވަނަ އަހަރު އެވެ. ޕްރިންސް ނަވާފް އަކީ އަބްދުލް އަޒީޒް ރަސްގެފާނުގެ 22 ވަނަ ފިރިހެން ދަރި އެވެ. އަވަހާރަވި އިރު ޕްރިންސް ނަވާފްގެ ފަސް ދަރިން އެބަތިއްބެވެ.

ސައުދީ ސަރުކާރުގައި ޕްރިންސް ނަވާފް އެންމެ ފަހުން އަދާކުރައްވާފައިވާ ވަޒީފާއަކީ އިންޓެލިޖެންސްގެ ޗީފް އޮފް ޖެނެރަލް ކަމެވެ. އެ މަގާމް 2001 އިން 2005 އަށް ޕްރިންސް ނަވާފް އަދާކުރެއްވި އެވެ. އޭގެ ކުރިން ޕްރިންސް ނަވާފް ވަނީ ސައުދީގެ ފިނޭންސް މިނިސްޓަރުކަންވެސް އަދާ ކުރައްވާފަ އެވެ. އެއީ 1961 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް