މި ހިނގާ އޮކްޓޯބަރު މަހުގެ ނިޔަލަށް ބީބީސީގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
ބީބީސީ ޓީވީ އަދި ބީބީސީގެ ވެބްސައިޓްގެ "ވީޑިއޯ އޮން ޑިމާންޑް"ގައި މިއަދުން ފެށިގެން ރާއްޖެ އިސްތިހާރު ކުރަން ފަށާފައިވާއިރު ބޭނުން ކުރަމުން އަންނަނީ 30 ސިކުންތުގެ ކޮމާޝަލް އިސްތިހާރަކާއި 15 ސިކުންތުގެ ހަތަރު "ޓީޒާ" އިސްތިހާރެކެވެ.
މި ކެމްޕޭނާ ބެހޭގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް ވިދާޅުވެފައިވަނީ މި ކެމްޕޭނަކީ "ވިޒިޓް މޯލްޑިވްސް އިޔާ 2016" އާއި ގުޅުވައިގެން ފެށި ކެމްޕޭނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް