ފުޓްބޯޅަ ކެރިއާގައި ރޮނާލްޑޯ 500  ގޯލް ހަމަކޮށްފި

ރޭ މަލްމޯ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނަގެ ކެރިއާގައި 500 ގޯލް ހަމަކޮށްފިއެވެ. ރޭ ދޭއް ސުމެއްގެ ނަތީޖާއަކުން ރޭއާލް މެޑްރިޑް މޮޅުވިއިރު ރެއާލް މޭޑްރިޑަށް ދެގޯލް...

01 Oct 2015 | 02:25

ރޭ މަލްމޯ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނަގެ ކެރިއާގައި 500 ގޯލް ހަމަކޮށްފިއެވެ.

ރޭ ދޭއް ސުމެއްގެ ނަތީޖާއަކުން ރޭއާލް މެޑްރިޑް މޮޅުވިއިރު ރެއާލް މޭޑްރިޑަށް ދެގޯލް ވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ ކެރިއާގައި ގައުމަށާއި ކުޅުނު ކުލްބްތަކަށް މިހާރު ވަނީ ފައްސަތޭކައެއް ގޯލް ކާމިޔާބުކޮށްދީފައެވެ.

ރޮނާލްޑޯގެ ކެރިއާގައި ރެއާލް މެޑްރިޑަށް 323 ގޯލް ވަނީ ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް 118 ގޯލް، ޕޯޗުގަލްގެ ގައުމީ ޓީމަށް 55 ގޯލް އަދި ސްޕޯޓިން ކްލަބަށް ފަސް ގޯލް ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްދީފައެވެ.

81 ގޯލްއާއެކީގައި ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމުގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ ، ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލްޖެހި ރައުލްގެ 323 ގޯލްގެ ރެކޯޑް މުގުރާލަން ރޮނާލްޑޯއަށް ދެން ބޭނުންވާނީ އެންމެ ގޯލްއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް