ލާމު ލިންކު ރޯޑުގައި ދުވަން ނިކުމެ އުޅުނު އަންހެނެއްގެ ގައިގާ ސައިކަލުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ލާމު ލިންކު ރޯޑުގައި މިރޭ ދުވަން ނިކުމެ އުޅުނު އަންހެނެއްގެ ގައިގާ ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ވީޑިއޯއަކުން ފެންނަނީ ލިން...

01 Sep 2024 | 17:41

ލާމު ލިންކު ރޯޑުގައި މިރޭ ދުވަން ނިކުމެ އުޅުނު އަންހެނެއްގެ ގައިގާ ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ވީޑިއޯއަކުން ފެންނަނީ ލިންކު ރޯޑުގައި އަންހެނަކު ވެއްޓިފައި އޮންނަ މަންޒަރާއި އެމްބިއުލާންސްގައި އެ އަންހެން މީހާ ގެންދާ މަންޒަރެވެ.

އޭނާގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވަނީ އެ އަންހެން މީހާގެ ގައިގާ ޖެހުނު ސައިކަލުގައި ދެމީހަކު ތިބި ކަމަށާއި އެއީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.

ލ. ގަމަށް ނިސްބަތްވާ އެހެން މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިކަން ހިނގާފައިވަނީ ލ. ފޮނަދުއާއި ކައްދުއާއި ގުޅޭ ކޯޒްވޭ ކައިރީގައި ފޮނަދޫގައި ހުންނަ އެމްޓީސީސީ ސައިޓް ހިސާބުގައި ކަމަށެވެ.

"ތިން މީހުންނަށްވެސް އަނިޔާވެފައިވާކަމަށާއި ފަރުވާދިނުމަށް ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބޭ" ފޭސްބުކްގައި އޭނާ ބުނެފައިވެއެވެ.

މިކަމުގައި ގަން ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް ހޯދާލުމަށް ދުވަހުން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް