ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރަކުން ޖެހި އެކްސިޑެންޓްވި މައްސަލައިގައި ހައްޔަރުކޮށްފައިވާ މ.ލޭންޑްއޮފްގާޑަން، އިބްރާހިމް އިކްރާމް އަލުން ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ވިދާޅުވީ އެކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލުވެފައިވާ ނަމަ އެމީހަކަށް ނުވަތަ އެ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންކަމަށެވެ.
މި މައްސަަލައާއި ގުޅިގެން މިއަދު ހައިކޯޓުން އިބްރާހިމް އިކްރާމް މިނިވަން ކޮށްފައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ އެކަން އޮންނަ އިޖުރާއުތަކަކާ ހިލާފަށް ކަމަށް ބަލާފައެވެ.
އޭނާ ހައިކޯޓުން މިނިވަން ކުރުމަށް އަމުރުކޮށްފައިވަނީ ފަޑިޔާރު މުހައްމަދު ފައިސަލް، ހަސަން ޝަފީއު އަދި އަބްދުއް މާނިއު ހުސެއިން ތިއްބެވި ބެންޗަކުންނެވެ.
މާލޭގައި ބާރު ސްޕީޑްގައި ރޭސް ކާރު ދުއްވާ މައްސަލަ ބޮޑުވެ، އާއްމުން ދަނީ އެމީހުންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް