ާަާަބަންދުގައި ހުރި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފި !

މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި ފިރެހެން މީހާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފި އެވެ. ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނު ކުރި އަހުމަދު އަތުހަރު، ހ...

01 Sep 2024 | 14:34

މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި ފިރެހެން މީހާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނު ކުރި އަހުމަދު އަތުހަރު، ހެޕީލޭންޑް، ށ.މިލަންދޫ އަމިއްލައަށް މަރުވާން މަސައްކަތްކުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހޮސްޕިޓަލަށް ގެންދިޔައެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އަދި ދިިރި ދުނިޔޭގައި ހުރި ކަމަށް ޑަކުޓަރުން ބުނާ ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ.....

އެޑިޓަރުގެނޯޓު:

މި ޚަބަރުގައި އަތުހަރު ނިޔާވެފައިވާކަމަށް ކުރިން ލިޔެވިފައިވަނީ މި ނޫހަށް އިތުބާރުހުރި މަސްދަރަކުން ލިބުނު މައުލޫމާތަކަށް ބިނާކޮށެވެ.

މި ކުށަށް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް