ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯއެއް ނެގި މައްސަލައެއްގައި މީހެއްގެ ފޯނު ހިފަހައްޓައިފިއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ މައްސަލައެއްގެ ތަހުގީގަށް ދިވެހި ފިރިހެނެއްގެ ފޯނު ފުލުހުން ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ސިންގަޕޫރުގައި ހުރުމަށްފަހު ރާއްޖެ އައި ދިވެއްސެއްގެ ފޯނު ފުލުހުން ހިފެހެއްޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ސިންގަޕޫރުގެ އެއާޕޯޓުގެ ތެރޭގައި ހިންގަވާފައި ވަޑައިގެންނެވި ވަގުތު ފޮޓޯއެއް ނެގި މައްސަލައެއްގައެވެ. އެ ފޮޓޯގަނޑު، ސޯޝަލް މީޑީއާގައި ހިންގަމުން އަންނަ އެކައުންޓެއް ކަމުގައިވާ ހަސަން ކުރުސީގެ އެކައުންޓުން ހިއްސާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް