އިނަރ މޯލްޑިވްސްގެ އޮފީސްތައް ފަޅާލި މައްސަލައިގާ ރ. މީދޫ، ބުލްބުލާގޭ އުމުރުން 40 އަހަރުގެ އަޒްމީލް މުހައްމަދު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން، އަޒްމީލް ހައްޔަރުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އިނަރ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް، އޭސް ޓްރެވަލްސް، އަދި ޤަތަރު ކާގޯ އޮފީހަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައެވެ.
އިނަރ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ އެ ކުންފުނީގެ އޮފީސްތަކަށް ވަދެ ވައްކަންކުރަން މަސައްކަތްކުރިނަމަވެސް އެތާކުން އެ ބަޔަކަށް އަގުހުރި އެއްޗެއް ލިބުނު ކަމަކަށް ނުބެލެވޭ ކަމަށެވެ. އެހެން ނަމަވެސް ބައެއް ތަކެއްޗަށް ގެއްލުންދީފައިވާކަމަށެވެ.
https://www.facebook.com/MIFRAAF/posts/pfbid0tYwFRDwEjpZNoEkVyqcSrAFPGrgrsvY8nfqk7GvqC1QReKQpm5fELkzEwmbMyoQ9l
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް