މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގަ ކައިބޮއެގެން: އިމްރާން

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގަ ކައިބޮއެގެން ކަމަށް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިރޭ ކ...

01 Sep 2023 | 16:41

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގަ ކައިބޮއެގެން ކަމަށް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިރޭ ކުރިއަށް ގެންދާ އުފާވެރި މާލެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ، މުއިއްޒު ހުންނެވީ އަދާލަތުގެ ހުރިހާ ކަމަކާ ދެކޮޅަށް ކަމަށެވެ. އަދި ވެރިކަން ބަދަލު ވުމާއެކު ވަޒީފާ ދޭން މުއިއްޒު އާދޭސް ކުރެއްވި ކަމަށާއި، އެ އާދޭހަށް ކެތް ނުވެ، މުއިއްޒުއަށް ވަޒީފާ ދެއްވީ ކަމަށެވެ.

އޭގެ ފަހުން އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް މުހައްމަދުގެ އަރިހުގައި އާދޭސް ދަންނަވައި ވަޒީފާ ހޯއްދެވީ ކަމަށެވެ.

ނަމަވެސް ޝިޔާމަށް އަންގަވާވެސް ނުލާ މުއިއްޒު ޕީޕީއެމްއަށް ބަދަލުވީ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ދައުރު ނިމުނުއިރު ޔާމީނު ޖަލުގަލަށް ވެންނެވި އިރު މުއިއްޒު ހުންނެވީ އުފަލުން ކަމަށާއި، ހިތުގަ އޮތީ ޔާމީނު ޖަލުގައި ތާށިވެފައި އޮތުން ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ޔާމީނަށް ހުކުމް ކުރިއިރު މުއިއްޒު ހިތުގައި އޮތީ ޔާމީނު ޖަލުން ސަލާމަތް ނުވުން ކަމަށާއި، އެކަން އެގޮތަށް ވުމުން ރިޔާސީ ޓިކެޓް ވަގަށް ނެގީ ކަމަށް އެ ޕާޓީ މީހުންވެސް ބުނާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން ޓިކެޓް ވަގަށް ނެގި މީހަކަށް ރާއްޖޭގެ ވެރިކަން ހަވާލު ކުރަންވީތޯ އިމްރާން ސުވާލު އުފެއްދެވިއެވެ. އަދި ޕީޕީއެމްގެ ރައްޔިތުންނަށް އިމްރާން ދިން ނަސޭހަތަކީ، މުއިއްޒު ވެރިކަމަށް ހޮވިއްޖެއްޔާ ޔާމީނު އޮންނާނީ ޖަލުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް