މާލޭ މޭޔަރު އަދި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހިންގާފައިވާ ޖަރީމާތައް މާލޭގެ ރައްޔިތުންނަށް އެނގޭނެ ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިރޭ މާލޭގައި ކުރިއަށް ގެންދާ 'އުފާވެރި އަމާން ރާއްޖެ' ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ މުއިއްޒު މާލޭގައި ހިންގާފައިވާ ޖަރީމާތައް މާލޭ ރައްޔިތުންނަށް އެނގޭނެ ކަމަށާއި، އެ ވާހަކަތައް ކިޔައިދޭން ނުޖެހޭނެ ކަމަށެވެ. އެގޮތުން މާލޭގައި ނަޖިސް ފެންގަނޑެއް ހެދުމާއި، މޮޅު އިންޖީނިއަރެކޭ ބުނެ ދެކުނުފަރާޔުގާ ނެރެއް ކަނޑާ ހިނގި އެކްސިޑެންޓަށް ޒިންމާވާން ޖެހޭނީ މުއިއްޒު ކަމަށާއި، ގުޅީފަޅުގެ ފްލެޓްތަކުގެ އަހުލުވެރިން އެސްއޯ ފުލުހުން ލައްވާ ބޭލީ މުއިއްޒު ކަމަށާއި، ބޭނުން ނުކުރެވޭމަހާޖައްރާފެއް ގެނައީ މުއިއްޒު ކަމަށާއި، މާލޭގެ ޕާކިންގްއަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތް ފެނަށް ދިޔައީ މުއިއްޒުގެ ސަބަބުން ކަމަށާއި، ޒަމާނީ ހައުސިންގް ކަމަށް ބުނެ 600 އަކަފޫޓު ހަމަނުވާ ފްލެޓް ދިނީ މުއިއްޒު ކަމަށް މާރިޔާ ވިދާޅުވިއެވެ.
އޭގެ އިތުރުން މާރިޔާ ވިދާޅުވީ، އިސްލާމީ މަރުކަޒުގާ މާބަލް ޖެހުމުން އެއީ ފެންވަރުދައް ޓައިލެކޭ ބުނީ މުއިއްޒު ކަމަށާއި، ކަދުރު ރުއްތައް މިލިކަމުގެ ޒިންމާ ނަގަން ޖެހޭނީ މުއިއްޒު ކަމަށެވެ،
އަދި މާލޭގެ ރައްޔިތަކު މަރުވުމުން ޖަނާޒާ ބޭއްވޭނެ ގޮތަށް ހުރަސް އަޅައި އާސަރަހާ ބަންދުކޮށް ހުޅުމާލެއަށް ބަދަލު ކުރީ މުއިއްޒު ކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް