ޕާކިސްތާނުގެ ވައި ތަޣައްޔަރުވަމުންދާ މިންވަރު އިތުރުވުމުގެ ސަބަބުން ޕާކިސްތާނުގެ ލާހޯރު، ޝެއިޚުޕޫރު، ކަސޫރު އަދި ޕިޝާވަރު ފަދަ އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ އުމުރު ކުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކާ ހަވާލާދީ ނިއުސް އިންޓަނޭޝަނަލްއިން ބުނެފިއެވެ.
ޔުނިވާސިޓީ އޮފް ޗިކާގޯގެ އެނާޖީ ޕޮލިސީ އިންސްޓިޓިއުޓް (އީޕީއައިސީ) ގެ އެއާ ކޮލިޓީ ލައިފް އިންޑެކްސް (އޭކިއުއެލްއައި) ރިޕޯޓުގައި ބުނެފައި ވަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން އުމުރު މަދުވެގެން ހަތް އަހަރަށް ދަށްވެދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕާކިސްތާނުގައި އިންސާނުންގެ ސިއްހަތަށް އޮތް ދެވަނަ އަށް އެންމެ ބޮޑު ނުރައްކަލަކީ ޕާޓިކިއުލެޓް ޕޮލިއުޝަން އެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގައި އެވްރެޖްކޮށް 3.9 އަހަރުގެ އުމުރު ދަށްވަމުން އަންނަ ކަމަށް އޭކިއުއެލްއައި އިން ބުނެއެވެ.
ނަމަވެސް ޕާކިސްތާނުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ގައިޑްލައިންތަކަށް ފެތޭނަމަ، އެވްރެޖްކޮށް އަހަރަކަށް 2.5 ކޮންސެންޓްރޭޝަން ކިއުބިކް މީޓަރަކަށް 5 މައިކްރޯގްރާމަށް ލިމިޓްކޮށްފި ނަމަ، ޕާކިސްތާނުގައި ދިރިއުޅޭ އެވްރެޖް ރައްޔިތެއްގެ ޢުމުރުން 3.9 އަހަރުގެ މަދުވުމެއް އަތުވެދާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އެއާ ޚިލާފަށް ކުޑަކުދިންނާއި މާބަނޑުގައި އޮންނަ ކުދިންގެ ނިއުޓްރިޝަން އާއި މާބަނޑު މީހުންނާއި ނިއޯނެޓަލް ޑިސްއޯޑާގެ ސަބަބުން އެވްރެޖް ކޮށް އުމުރު 2.7 އަހަރަށް ދަށްވާ ކަމަށް ނިއުސް އިންޓަނޭޝަނަލް އިން ބުނެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕާކިސްތާނުގެ 240 މިލިއަން މީހުންގެ ތެރެއިން އެންމެން ވެސް ދިރިއުޅެނީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންއަށް ވުރެ އަހަރަކު އެވްރެޖްކޮށް ޕާޓިކިއުލޭޓް ޕޮލިއުޝަން ލެވެލް އިތުރުވާ ސަރަހައްދުތަކުގަ އެވެ. ނިއުސް އިންޓަނޭޝަނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ އާބާދީގެ 98.3 ޕަސެންޓް މީހުން ދިރިއުޅެނީ އެ ގައުމުގެ އަމިއްލަ ގައުމީ ވައިގެ ކޮލިޓީ މިންގަނޑަށް ވުރެ ކިއުބިކް މީޓަރަކަށް 15 މައިކްރޯގްރާމަށް ވުރެ މަތި ސަރަހައްދުތަކުގަ އެވެ.
އަދި 1998 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގައި އެވްރެޖްކޮށް އަހަރަކު ޕާޓިކިއުލޭޓް ޕޮލިއުޝަން 49.9 އިންސައްތަ އިތުރުވެ، އުމުރު 1.5 އަހަރަށް ދަށްވެފައިވާ ކަމަށް އޭކިއުއެލްއައިއިން ބުނެއެވެ.
ޕާކިސްތާނުގެ ޕަންޖާބު، އިސްލާމްއާބާދު އަދި ޚައިބަރު ޕަޚްތޫންޚުވާގައި 65.5 މިލިއަން މީހުން ނުވަތަ ޕާކިސްތާނުގެ އާބާދީގެ 69.5 އިންސައްތަ މީހުން ޑަބްލިއުއެޗްއޯގެ ގައިޑްލައިނާ އަޅާބަލާއިރު އެވްރެޖްކޮށް 3.7 އަހަރާއި 4.6 އަހަރާ ދެމެދުގެ އުމުރެއް ގެއްލޭނެ އެވެ.
އަދި ޕާކިސްތާނުން ޑަބްލިއުއެޗްއޯގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކޮށްފިނަމަ ކަރާޗީގެ ރައްޔިތުންނަށް 2.7 އަހަރުގެ އުމުރު އިތުރުވާނެ ކަމަށާއި ލާހޯރުގެ ރައްޔިތުންނަށް 7.5 އަހަރު އަދި އިސްލާމްއާބާދުގެ ރައްޔިތުންނަށް ގާތްގަނޑަކަށް 4.5 އަހަރުގެ އުމުރު ލިބޭނެ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް