ޗައިނާއިން ކުރެހި ޗާޓް ގޯސްކަމަށް ބުނެ އިންޑިއާއިން އެޗާޓް ގަބޫލެއްނުކުރި

އިންޑިއާއި ޗައިނާ އިން ހިއްސާކުރާ ސަރަހައްދީ ބިމުގެ މައްސަލަ ވަކިގޮތަކަށް ހައްލުނުވެގެން އުޅެނިކޮށް ޗައިނާއިން ނެރުނު ސްޓޭންޑާޑް މެޕަށް އިންޑިއާއިން އިއުތިރާޒު ކޮށްފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެ...

01 Sep 2023 | 14:14

އިންޑިއާއި ޗައިނާ އިން ހިއްސާކުރާ ސަރަހައްދީ ބިމުގެ މައްސަލަ ވަކިގޮތަކަށް ހައްލުނުވެގެން އުޅެނިކޮށް ޗައިނާއިން ނެރުނު ސްޓޭންޑާޑް މެޕަށް އިންޑިއާއިން އިއުތިރާޒު ކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ގައުމަށް ނިސްބަތް ނުވާ ސަރަހައްދުތަކަށް ދައުވަތު ދިނުމަކީ ޗައިނާގެ "ޒަމާންވީ އާދައެއް" ކަމަށެވެ.

އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ވަނީ ބެއިޖިންގެ ހަގީގަތާ ހިލާފު ވާހަކަތައް ދޮގުކުރައްވައި "މެޕެއް ނެރުމަކީ އެއްވެސް މާނައެއް ނެތް ކަމެއް" ކަމަށް ވިދާޅުވެފައެވެ.

ޖައިޝަންކަރު މިހެން ވިދާޅުވެފައިމިވަނީ އަރޫނާޗަލް ޕްރަދޭޝް ސްޓޭޓާއި އަކްސައި ޗިން ސަރަޙައްދަކީ އެޤައުމުގެ ސަރަޙައްދުގެ ބައެއްގެ ގޮތުގައި ދައްކުވައިދޭ "ސްޓޭންޑަޑް މެޕް"ގެ 2023 ވަނަ އަހަރުގެ އެޑިޝަން ޗައިނާއިން ހޯމަ ދުވަހު ޢާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޓީވީ ޗެނަލަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ ޗައިނާއިން މެޕްތައް ނެރެފައި ވަނީ އެ މީހުންނަށް ނިސްބަތް ނުވާ ސަރަހައްދުތަކެއް ހިމަނައިގެން ކަމަށެވެ.

އިންޑިޔާގެ ބައެއް ހިސާބުތަކާއެކު މެޕްތައް ނެރެގެން... އެއްވެސް ކަމަކުން މިކަން ބަދަލެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ސަރަޙައްދުތަކަކީ ކޮބައިކަން އަޅުގަނޑުމެންގެ ސަރުކާރަށް ވަރަށް ސާފު. ބޭކާރު ވާހަކަތައް ދެއްކުމަކީ އެހެން މީހުންގެ ސަރަޙައްދުތަކަކީ ތިޔަބޭފުޅުންގެ ސަރަޙައްދުތަކެއް ނޫން،" އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖައިޝަންކަރު ވިދާޅުވި އެވެ.

އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ބެއިޖިން އިން އާންމުކުރި މެޕްގައި ފެންނަނީ ދެކުނު ޓިބެޓްގެ ގޮތުގައި ޗައިނާއިން ބުނާ އަރޫނާޗަލް ޕްރަދޭޝް އާއި 1962 ވަނަ އަހަރުގެ ހަނގުރާމައިގައި ޗައިނާއިން ހިފާފައިވާ އަކްސައި ޗިން އެގައުމުގެ ސަރަހައްދުގެ ބައެއްގެ ގޮތުގަ އެވެ.

މި މެޕްގައި ޓައިވާނާއި ދެބަސްވެފައިވާ ދެކުނު ޗައިނާ ކަނޑުގެ މައްޗަށް ވެސް ދަޢުވާކުރެއެވެ. މީގެ އިތުރުން ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއްގެ މައްޗަށް ޗައިނާއިން ދަޢުވާކުރާ މިންވަރުވެސް މި މެޕްގައި ހިމަނާފައިވެއެވެ. ވިއެޓްނާމް، ފިލިޕީންސް، މެލޭޝިއާ އަދި ބްރޫނާއީއަކީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކުގެ މައްޗަށް ހުރިހާ ދައުރެއް އަދާކުރާ ގައުމެކެވެ.

ޗައިނާ ޑެއިލީ ނޫހުން ބުނި ގޮތުގައި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އިން މި މެޕް ނެރެފައި ވަނީ ހޯމަ ދުވަހު ޒޭޖިއާންގް ޕްރޮވިންސްގެ ޑެކިން ކައުންޓީގައި ސާވޭ އެންޑް މެޕިން ޕަބްލިސިޓީ ޑޭ އާއި ނޭޝަނަލް މެޕިން އެވެއާނަސް ޕަބްލިސިޓީ ވީކް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގަ އެވެ.

ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޝީ ޖިންޕިން ބައްދަލުކުރެއްވީ ދެކުނު އެފްރިކާގެ ޖޮހަނެސްބާގްގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގެ ހަވާސާގަ އެވެ. ފޮރިން ސެކްރެޓަރީ ވިނޭ ކްވަތުރާ ވިދާޅުވެފައިވަނީ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވެވި މަޝްވަރާތަކުގައި މޯދީ ވަނީ އިންޑިއާ-ޗައިނާ ބޯޑަރު ސަރަހައްދުގެ ހުޅަނގު ސެކްޓަރުގެ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ސަރަހައްދުގައި ހައްލު ނުކުރެވޭ މައްސަލަތަކާ މެދު އިންޑިއާގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާފައި ކަމަށެވެ.

"އިންޑިއާ އާއި ޗައިނާގެ ގުޅުން އާންމު ހާލަތަށް ގެނައުމަށް ޓަކައި ބޯޑަރު ސަރަހައްދުތަކުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި އެލްއޭސީ އޮބްޒާވްކޮށް އިހުތިރާމް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަން ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ. މިގޮތުން ދެ ލީޑަރުން އެއްބަސްވެވަޑައިގަތީ އެ ބޭފުޅުންގެ ކަމާ ބެހޭ އޮފިޝަލުންނަށް އެންގުމަށެވެ.

މިއީ ބެއިޖިންއިން މިފަދަ ޓެކްޓިކްސް ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ އޭޕްރީލް މަހު ޗައިނާއިން ވަނީ އިންޑިއާގެ 11 ތަނަކަށް "ނަން" އަމިއްލައަށް ނަންކިޔައި، ފަރުބަދަތަކާއި ކޯރުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ނަން ބަދަލުކޮށްފައެވެ.

2017 ވަނަ އަހަރާއި 2021 ވަނަ އަހަރުވެސް ޗައިނާގެ ސިވިލް އެފެއާޒް މިނިސްޓްރީން ވަނީ އިންޑިއާގެ ބައެއް ތަންތަނުގެ ނަން ބަދަލުކޮށް އަނެއްކާވެސް ސިޔާސީ ހަމަނުޖެހުމެއް އުފައްދައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް