ބޯޯ ވާރޭގައި ހުސްފަޔާ, އިލްޔާސް ކެމްޕޭނަށް ރަސްދޫ ކުޑަކޮށްފި

ބޯ ވާރޭގައި ހުސްފަޔާ ހުންނަވައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ކެމްޕޭނަށް އއ. ރަސްދޫގައި ހިންގަވައިފިއެވެ. ރިޔާސީ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އިލްޔާސް ރަސްދޫއަށް...

01 Sep 2023 | 11:56

ބޯ ވާރޭގައި ހުސްފަޔާ ހުންނަވައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ކެމްޕޭނަށް އއ. ރަސްދޫގައި ހިންގަވައިފިއެވެ.

ރިޔާސީ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އިލްޔާސް ރަސްދޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އެރަށު ސަޕޯޓަރުން ނުކުމެ ތިބީ ބޯ ވާރޭގައެވެ.

ވެހެމުންދިޔަ ވާރޭގެ ތެރެއިންވެސް ސަޕޯޓަރުން ދިޔައީ ނަޝީދާއި އިލްޔާސްއާއެކު ފޮޓޯ ނަގަމުންނެވެ. އަދި ޑިމޮކްރެޓްސް ޓީމު ރަށުތެރެއަށް މިސްރާބު ޖެހިއިރު، މަރުހަބާގެ ބެނާއެއް ހިފައިން ސަޕޯޓަރުން ކުރީގައި ތިބެ ހިނގާފައި ދިޔައެވެ.

ރަސްދޫގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި، ޖަގަހައިގައި ޖަލްސާ ބޭއްވުމަށްފަހު، އެ ޕާޓީއާ ގުޅުނު މީހުން ފޯމުގައި ސޮއިކުރުމާއި ފޮޓޯ ނެގުން ކުރިއަށް ގެންދިޔައެވެ.

އެއަށްފަހު އިލްޔާސް ވަނީ ދޮރުން ދޮރަށް ރަސްދޫގައި ހިންގަވާފައެވެ. ބޯ ވާރެއާއެކު މަގުތަކުގައި ފެން ހެދިފައި ވުމުން އިލްޔާސް ގޭގެއަށް އިންގެވީ ހުސްފަޔާ ހުންނަވައިގެންނެވެ.

ރައީސް ނަޝީދާއެކު އިލްޔާސް މިވަގުތު ހުންނެވީ ތޮއްޑޫގައެވެ. އިލްޔާސް ތޮއްޑުއަށް ވަޑާއިގެންނެވި އިރުވެސް ވާރޭ ވެހެއެވެ. ތޮއްޑޫގެ ޑިމޮކްރެޓްސް ސަޕޯޓަރުން ތިބީ ވާރޭގައި ނުކުމެ އިލްޔާސަށް މަރުހަބާ ކިޔާށެވެ.

ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސައިން އަމްރޫ މުހައްމަދު ރަޝާދު ހުންނެވީ ކެމްޕޭނަށް ލ. އަތޮޅުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް