ބޭނުންވާ ތަކެތި
- 6 ޖޯޑު ބަތް ( ބާސްމަތީ )
- 4 ކުކުޅު ފައި ޅިޔަ އަޅާ ( ރަތްކުލަކޮޅެއް 1/2 ސައިސަމުސާ މުގުރި އަސޭމިރުސް 3/1 ސައިސަމުސާ މުގުރި ދިރި ލޮނުކޮޅެއް 1 ސައިސަމުސާ ލުނބޯހުތް 1/2 ސައި ސަމުސާ ޗިކަން ކިއުބް އެއްކޮށް މޮޑެ ކުކުޅު ފައިތަކުގައި ހާކާފައި ތެލުލާފައި
- 2 މޭޒުމަތީ ސަމުސާ ގިތެޔޮ
- 5 މޭޒުމަތީސަމުސާާ ޔޯގަރޓް
- 6 ރާނބާ ފަތް ކޮޅު 1/2 އިންޗިއަށް ބުރިކޮށްފައި ހުރި
- 1 ސައި ސަމުސާ މުގުރި ދިރި
- 1/2 ޖޯޑު ކެޖޫނަޓް
- 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
- 2 މޭޒުމަތީސަމުސާާ ބިރިޔާނީ މަސާލާ
- 2 މޭޒުމަތީސަމުސާާ ހަނާކުރި ހަވާދު ހިމުންކޮށް ފުނޑާފައިހުރި
- 1/2 ޖޯޑު ހިކިމޭބިސް ކަދުރު
- 2 ހިކަނދިފަތް
- 1 ސައި ސަމުސާ ބައި ގިތެޔޮމިރުސް ހިމުންކޮށްކޮށާފައި ހުރި
- 1 ޖޯޑު ބައި ފިޔާ ތުނިކޮށް ކޮށާފައި ހުރި
- 1/2 ސައި ސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
- 2 ލޮނުމެދު ޗިސްކޮށްފަހުރި
- 1/2 ސައިސަމުސާ އިނގުރު ޗިސްކޮށްފަހުރި
- 1 ސައި ސަމުސާ ބައި ޗިކަން ކިއުބް
- 3 ބިސް ފެނުކެއްކި ދެފަޅިކޮށްފައި
- 1/2 ޖޯޑު ހަނާކޮށްފައި ހުރި ފިޔާ، ހިކިމޭބިސްކަދުރު ،ކެޖޫނަޓް މައްޗަށް އެޅުމަށް
- ލޮނު ކޮޅެއް
- ރީނދޫ ކޮޅެއް ކުލަހިފާވަރަށް
- ތެޔޮ ފޮދެއް
- ރަތްކުލަކޮޅެއް
ތައްޔާރު ކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ތެޔޮފޮދު އަޅާލާފައި ހޫނުވީމާ، ފިޔާ، ހިކިމޭބިސް ކަދުރު، ހިކަނދިފަތް ، ރާނބާފަތް، ޓޮމާޓޯ، ކެޕްސިކަމް ކޮޅު ،ކެޖޫނަޓް ،މިރުސް އެއްކޮށް އަޅާލާށެވެ .
ފިޔާކޮޅު މޯޅިވީމާ، ލޮނުމެދު، އިނގުރު، މިރުސް ކިއުބް މުގުރި ފޮނިތޮށިކާފޫރުތޮޅި، ހަވާދު، އަސޭމިރުސް، މަސާލާ އަދި ދިރި ކޮޅުވެސް އަޅާލާށެވެ.
ކެކިގަތުމުން ޔޯގަރޓް ކޮޅު ވެސް އެއްކޮށްލާށެވެ.
ބަތްކޮޅު ވެސް އެއްކޮށްލާށެވެ.
ރަހަހިފާވަރަށް ކެކުމުން ތަށްޓަށް އަޅާލާށެވެ .
ބިހާއި ހަނާކުރި ބައި މައްޗަށް އަޅާލާށެވެ.
ޗިކަން ކޮޅު ވެސް ތަށްޓަށް ލާށެވެ.
ބިރިޔާނީ ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރުކުރެއެވެ.
ރެސިޕީ: ޖުވޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް