އާތޫރް މެލޯ ލިވަޕޫލަށް

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އައި ބްރެޒިލް މިޑްފީލްޑަރ އާތުރް މެލޯ ލޯނު އުސޫލުން ލިވަޕޫލް އެފްސީއާއި ގުޅެން ނިންމައިފިއެވެ. އާތުރް މިވަގުތު އަންނަނީ ލިވަޕޫލުގެ މެޑިކަލް ކަންތައް ފުރިހަމަ ކުރުމުގެ...

01 Sep 2022 | 15:06

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އައި ބްރެޒިލް މިޑްފީލްޑަރ އާތުރް މެލޯ ލޯނު އުސޫލުން ލިވަޕޫލް އެފްސީއާއި ގުޅެން ނިންމައިފިއެވެ.

އާތުރް މިވަގުތު އަންނަނީ ލިވަޕޫލުގެ މެޑިކަލް ކަންތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުުރުން 26 އަހަރުގެ އާތުރް ލިވަޕޫލަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށް ލޯނެއްގެ ދަށުން ކަމުގައިވާއިރު، ލޯނު ނިމުމަށްފަހު ލިވަޕޫލުގައި ދާއިމީ ވުމަށް ފުރުސަތު ދީފައެއް ނުވެއެވެ. އެހެން ކަމުން މި ސީޒަނަށް ފަހު އާތުރް އަލުން އެނބުރި ދާން ޖެހޭނީ ޔުވްނެޓަސްއަށެވެ.

ބާސާއަށް ވެސް ކުޅެފައިވާ އާތުރް ޔުވެންޓަސްއަށް ބަދަލުވީ 2020 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 72 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭގެ ފަހުން ޔުވެންޓަސްގައި ދެ ސީޒަނެއް އާތުރް ހޭދަ ކުރި ނަމަވެސް ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ލިބިފައިވަނީ މަދު މެޗެއްގައެވެ.

ޔުވެންޓަސްއަށް ބަދަލުވެ ހޭދަކުރި ދެ ސީޒަނުގައި އާތުރް ވަނީ 63 މެޗު އެ ޓީމަށް ކުޅެދީފައެވެ. އަދި މި 63 މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ.

އާތުރް އަކީ މިފަހަރުގެ ޓްރާންސްފާގައި ލިވަޕޫލާއި ގުޅޭ ހަވަނަ ކުޅުންތެރިއާއެވެ. އެޓީމުން ވަނީ މީގެ ކުރިން ބެންފީކާއަށް ކުޅެމުން އައި ޑާވިން ނުނޭޒް އާއި ފުލަމް އަށް ކުޅެމުން އައި ފަބިއޯ ކަވާޅޯގެ އިތުރުން ސްކޮޓްލެންޑުގެ އެބަޑިން އަށް ކުޅެމުން އައި ކެވިން ރަމްސޭ އާއި ސެލްޓިކްއަށް ކުޅެމުން އައި ބެންޑޯކް އަދި ސައުތެމްޓަންއަށް ކުޅެމުން އައި އޮލޫޑަރޭ އޮލޫފުންވާ ގެނެސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް