ދަރިވަރަށް ބަދުއަހުލާގީ މަންޒަރު ދެއްކި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް

ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރު ދެއްކިކަމުގެ ތުހުމަތު ކުރެވޭ ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. މިދިޔަ މަހުގެ23 ވަނަ ދުވަހު އެ ޓީޗަރު ހައްޔަރު ކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިރިހެން ...

01 Sep 2022 | 13:27

ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރު ދެއްކިކަމުގެ ތުހުމަތު ކުރެވޭ ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މިދިޔަ މަހުގެ23 ވަނަ ދުވަހު އެ ޓީޗަރު ހައްޔަރު ކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ އާންމުން އެ ޓީޗަރު ހިފަހައްޓައިގެން އަނިޔާ ކުރަނިކޮށް ފުލުހުންގެ އިދާރާއަށް ގެންގޮސް އެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ ގާޒީ ސްކޫލްގެ އުމުރުން29 އަހަރުގެ ދިވެހި ފިރިހެން ޓީޗަރެކެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރު ކޯޓުން ދީފައިވާ ކަމަށެވެ.

މި މައްސަލައިގަ އެމީހާ އާއި ދެކޮޅަށް ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނީ އޭނާއަށް އަނިޔާ ކުރާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ15 ވަނަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޓީޗަރާއި ދެކޮޅަށް އެ މިނިސްޓްރީއަށް ޝަކުވާ ހުށަހެޅި މިމަހުގެ17 ވަނަ ދުވަހު ކަމަށެވެ. ހަމަ އެ ދުވަހު ޓީޗަރު ސަސްޕެންޑުކޮށްފައިވާނެ ކަމަށާއި ތުހުމަތު ކުރަނީ ޓިއުޝަން ދިނުމުގެ ނަމުގައި ދަރިވަރު އެގެއަށް ގެންގޮސް ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯއެއް ދެއްކި މައްސަލައިގަ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް