ހިޔާ ޓަވަރެއްގެ 13 ވަނަ ފަންގިފިލާއިން ވެއްޓެން އުޅުނު މީހަކު ސަލާމަތް ކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓަކުން ވެއްޓެން އުޅުނު މީހަކު ސަލާމަތް ކޮށްފި އެވެ. އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3:35 ހާއިރު އެވެ. ވެއްޓެން އުޅުނީ 18 އަހަރުގެ އަންހެނެކެވެ. ފުލުހުން އެންމ...

01 Sep 2022 | 12:00

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓަކުން ވެއްޓެން އުޅުނު މީހަކު ސަލާމަތް ކޮށްފި އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3:35 ހާއިރު އެވެ.

ވެއްޓެން އުޅުނީ 18 އަހަރުގެ އަންހެނެކެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ ވެއްޓެން އުޅުނީ ކުޑަކުއްޖެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދުވަސް"އަށް ވިދާޅުވީ ސަލާމަތް ކުރީ ހިޔާ ޓަވަރު އެކެއްގެ 13 ވަނަ ފަންގިފިލާއިން ވެއްޓެން އުޅުނު އަންހެނެއް ކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

މަންޒަރު ދުށް "ދުވަސް"ގެ ނޫސްވެރިއަކު ބުނީ އެ މީހާ އޮތީ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގެ ބެލްކަނީގެ ދަގަނޑުތަކުގައި އެލިގެން ކަމަށެވެ. އެހެން ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު އޮތްއިރު އެމީހާގެ އަތުގައި ހިިފަހައްޓައިގެން މީހަކު ނެގޭތޯ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

ވެއްޓެން އުޅުނު މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ -- ވީޑިއޯ: ދުވަސް

އެ އަންހެން މީހާ ސަލާމަތް ކުރީ 12 ވަނަ ފަންގިފިލާގެ އެ އެޕާޓްމެންޓާއި ސީދާވާ އެޕާޓްމެންޓުގެ ބެލްކަނިން ބަޔަކު އޭނާގެ ފައިގަ ހިފަހައްޓައިގެންނެވެ. މިކަން ހިނގި އިރު އިމާރާތުގެ ތިރީގައި ފުލުހުންވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އަދި އެމީހާއަށް އަނިޔާއެއް ލިބުނު ކަމެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް