ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންފައިނުވާތީކަމަށްބުނެ ކިޔާ ފާޑުކިޔުންތަކަށް ސަރުކާރުން ޖަވާބު ދީފިއެވެ.
އެގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފުވެރިކޮށްދެއްވާފައިވާތީ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ދައުވަތު އެރުވީ ނައިބުރައީސް ފައިސަލް ނަސީމަށް ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ ރަސްމީ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތަކަށް ބަދަލުވިތާ މިއަދަށް މިވީ 18 އަހަރު ދުވެހެވެ. ކުރީގައި ފުލުހުންގެ ހިދުމަތް އޮންނަނީ ސިފައިންނާއި އެކުގައި އޮންނަ ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް