3 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފި

3 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފިއެވެ. އެގޮތުން ރ. އިނގުރައިދޫ، ދ. ބަނޑިދޫ އަދި ފ. މަގޫދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް މިއަދުވަނީ ސޮއިކޮށް...

01 Sep 2022 | 10:55

3 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފިއެވެ.

އެގޮތުން ރ. އިނގުރައިދޫ، ދ. ބަނޑިދޫ އަދި ފ. މަގޫދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް މިއަދުވަނީ ސޮއިކޮށްފައެވެ.

އިނގުރައިދޫ އަދި ބަނޑިދޫގައި ޔޫތު ކޮމިޔުނިޓީ ސެންޓަރެއް ގާއިމްކުރުމަށް ހަވާލުކޮށްފައިވާއިރު، މަގޫދޫގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމާއި ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ.

އިނގުރައިދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރު ގާއިމްކުރުމަށް އަލް އަމީން އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ 4،882،477.15 ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ބަނޑިދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރު ގާއިމްކުރުމަށް ހަވާލުކުރީ މެކްސްޓަރ މޯލްޑިވްސް ކުންފުންޏާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 4،617،417.24 ރުފިޔާއަށް 120 ދުވަސްތެރޭ މިމަސައްކަތް ނިންމާ ގޮތަށެވެ.

މީގެއިތުރުން މަގޫދޫ ގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމަށް ޓީއޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2،204،045.91 ރުފިޔާއަށް 55 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

އެރަށުގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ހަވާލުކުރީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 4،792،327.84 ރުފިޔާއަށް 70 ދުވަސްތެރޭ މިމަސައްކަތް ނިންމާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް