ރައީސް ސޯލިހުގެ ލީޑަރޝިޕްގެ ދަށުން ކޮށްދީފައިވާ ކަންތައްތައް ދިވެހި ރައްޔިތުން ވަނީ ބަލައިގެންފަ: ޝާހިދު

ރައީސް ސޯލިހުގެ ލީޑަރޝިޕްގެ ދަށުން ކޮށްދީފައިވާ ކަންތައްތައް ދިވެހި ރައްޔިތުން ވަނީ ބަލައިގެންފައި ކަމަށް  އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ...

01 Sep 2022 | 09:39

ރައީސް ސޯލިހުގެ ލީޑަރޝިޕްގެ ދަށުން ކޮށްދީފައިވާ ކަންތައްތައް ދިވެހި ރައްޔިތުން ވަނީ ބަލައިގެންފައި ކަމަށް  އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ޕްރިންޓް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ނޫހަށް ދެއްވި އިންޓަރވިއު ގައި ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަންނަވާނެ ކަމަށެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީއަށް ތިންވަނަ ވިސްނުމެއް ބޭނުންވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ބޭފުޅަކީ ޝާހިދު ކަމަށް ގިނަބަޔަކު އަންނަނީ ލަފާކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް