މޮންދު، ޕީއެސްއެމް ގެ ބޯޑުން އިސްތިޢުފާ ދެއްވައިފި

މުހައްމަދު އާސިފް (މޮންދު) ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ. ދައުލަތުގެ މީޑިއާގެ ބޯޑަށް މޮންދު އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ...

01 Sep 2022 | 06:21

މުހައްމަދު އާސިފް (މޮންދު) ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާގެ ބޯޑަށް މޮންދު އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މޮންދު އިސްތިއުފާދެއްވި ވަކިސަބަބެއް މިހައިތަނަށް ކަނޑައެޅިގެން އެނގިފައިނެތަސް، ރާއްޖޭގެ "ވަން އޮންލައިން" ނޫހުގައި ބުނެފައިވަނީ މޮންދު ގުޅުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން މީޑިއާ ގުރޫޕާއެވެ.

ސަން މީޑިއާގެ ދަށުން ހިންގަމުން އައި "ސަން ޓީވީ" ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ފަހުން އަލުން އެ ޓީވީ ފެށުމުގެ މަސައްކަތް މިހާރުއަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް