ހަންގޭރީގެ 9 ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ދިވެހި 13 ދަރިވަރަކަށް ލިބިއްޖެ

ހަންގޭރީގެ 9 ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ދިވެހި 13 ދަރިވަރަކަށް ލިބިއްޖެއެވެ. މިއީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރސް އެންޑް ޓްރޭޑް އޮފް ހަންގެރީއާ ދެމެދު ...

01 Sep 2022 | 06:09

ހަންގޭރީގެ 9 ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ދިވެހި 13 ދަރިވަރަކަށް ލިބިއްޖެއެވެ.

މިއީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރސް އެންޑް ޓްރޭޑް އޮފް ހަންގެރީއާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ދޭން އެއްބަސްވެފައިވާ ކޯސްތަކެކެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްގެ ކޯސް ފީ އާއި އެކޮމޮޑޭޝަނާއި ލައިބްރަރީގެ ޚިދުމަތާއި ކަނޑައެޅިފައިވާ ޕޮކެޓް މަނީއެއް ކިޔެވުމުގެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ދަރިވަރުންނަށް ލިބޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހި 48 ދަރިވަރަކަށް ހަންގޭރީގައި ކިޔެވުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 13 ދަރިވަރަކު މިއަހަރު ކިޔަވާނީ ހަންގޭރީގެ 9 ޔުނިވަރސިޓީއަކުންނެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ މިކުދިންގެ ކިޔެވުން ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާކަމަށާއި ސްކޯލަރޝިޕްގެ ތެރޭގައި ބެޗެލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީ އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ކޯސްތައް ހިމެނޭ ކަމަށެވެ. އަދި މި ސްކޮލަރޝިޕްތައް ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވުމުގައި އެންމެ ބޮޑުއެހީތެރިކަމެއް ލިބިފައިވަނީ ހަންގެރީގައި ހުންނަވާ ދިވެހި ކޮންސޫލް މުޙައްމަދު ޢަލީ ޖަނާޙް ފަރާތްޕުޅުން ކަމަށެވެ.

މި ސްކޮލަރޝިޕްގައި ދަރިވަރުން މާލެއިން ހަންގެރީއަށް ދިއުމާއި އައުމަށް ދަތުރުގެ ޚަރަދާއި ދިއްލީއަށް ދަތުރުކޮށްގެން ވިސާނެގުމަށްދިޔަ ޚަރަދު ހަމަޖައްސައިދިނީ ހަޔަރ އެޑިޔުކޭޝަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް